މިނިސްޓްރީ އޮފް ހެލްތް އަށް މަރްޙަބާ

ތަފާސް ހިސާބުހުރިހާ އެއްޗެއް

Chart Will Load Here!!

ފަހުގެ ޚަބަރުއަރުޝީފް

މިނިސްޓަރ އޮފް ހެލްތު ޑރ.އަޙްމަދު ޖަމްޝީދު މުޙައްމަދު އިންޑިޔާގެ ހައި ކޮމިޝަނަރ އާއި ބައްދަލު ކުރެއްވުން.

16 މެއި 2013

އިންޑިޔާގެ ހައި ކޮމިޝަނަރ ހިޒް އެކްސެލެންސީ މރ.ރާޖީވް ޝަހަރޭ މިނިސްޓަރ އޮފް ހެލްތު ޑރ.އަޙްމަދު ޖަމްޝީދު މުޙައްމަދު އާއި 13 މެއި 2013 ވަނަ ދުވަހު ބައްދަލު ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގާތްގުޅުމާ ބެހޭގޮތުންނާއި ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އިންޑިޔާއިން ވަރަށް ގިނަ ގުނަ އެހީތަކެއް ފޯރުކޮށް ދެވިފައިވާ ކަމުގައި މިނިސްޓަރ ... އިތުރަށް ވިދާޅުވޭ

ޞިއްޙީ ޙިދުމަތުގެ ޓްރަސްޓް ފަންޑް އިފްތިތާޙްކުރުން

29 އެޕްރީލް 2013

ޑަބްލިޔު.އެޗް.އޯ ގެ ރީޖަނަލް ޑިރެކްޓަރ، ޑރ.ސާމްލީ ޕްލިއަންބަންގްޗަންގް ރާއްޖެ ވަޑައިގަތުން

22 އެޕްރީލް 2013

ފުޑް އެލާރޓް - ހެޕަޓައިޓިސް އޭ ފެތުރުން ގަނޑުކުރި ބެރީސްގެ ބާވަތްތަކުން

18 މާރޗް 2013

ސިއްހީ މަޢުލޫމާތު

  • ގްރީން ޓީ

    ގްރީންޓީ ހޫނުކޮށް ނުވަތަ ފިނިކޮށް ބުޔަސް ކަސްރަތަށް ހަލުވިކަމާއި އާރޯކަން ގެނެސްދޭނެއެވެ. އޭގައި ހުންނަ ކެޓެޗިންސް އާއި، އެންޓިއޮކްސިޑަންޓްސްއާއި ކެފެއިން ހަށިގަނޑުގައި ހޫނު އުފައްދާ، ހިނގުމާއި، މެޓަބޮލިޒަމް ރޭޓު އަވަސްކޮށްދެއެވެ. ކަސްރަތުގެ 01 މިނެޓު ކުރިން ގްރީންޓީ ތައްޓެއް ބޯލާށެވެ.

  • ކްރެންބެރީ ޖޫސް

    ކްރޭންބެރީއަކީ ކުޑަކަމުދާ ހޮޅީގައި ޖަރާސީމު އަށެގަނަ ނުދޭ މާއްދާއެއް ހުންނަ އެއްޗެކެވެ. އެހެންކަމުން ކްރޭންބެރީއަކީ ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަންތަކުން (ބަލިތަކުން) ސަލާމަތްކޮށްދިނުމަށް އެހީވެދޭ އެއްޗެކެވެ. ކްރޭންބެރީ ކޮކްޓެއިލްގައި ހަކުރުގެ މިންވަރު ހުންނަލެއް ގިނަކަމާއެކު، ކްރޭންބެރީ ޖޫހަށް ފެން އަޅައިގެން ނުވަތަ އޭގައި ހަކުރު ނުހުންނަ ވައްތަރުތައް ބަލައިގެން ބޭނުންކުރާށެވެ. ކްރޭންބެރީ ތާސީރު ހުންނަ ކެޕްސޫލުވެސް ރަނގަޅުވާނެއެވެ.

  • ފިޔާ، ލޮނުމެދު

    ދުވަހުގެ ކޮއްތުގެ ތެރެއަށް ރޯކޮށް ނުވަތަ ކުޑަކޮށް ކައްކާފައި ހުންނަ ފިޔަޔާއި، ލޮނުމެދު ލުމަކީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ވާގިވެރިވާނެކަމެކެވެ. ލޮނުމެދާއި، ފިޔާގައި އެންޓި ވައިރަލް އަދި ބެކްޓީރިއަލް މާއްދާތައް އެކުލެވޭކަމުން، ހަށިގަނޑުގެ ދިފާޢީ ނިޒާމު އެތަކެތިން ވަރުގަދަކޮށްދެއެވެ.

  • ދޮންކޭލާއި މޭވާ

    ކެއުމުގައި ޕޮޓޭސިއަމްގެ މާއްދާގައި ގިނައިން އެކުލެވޭ ކާނާ ބޭނުންކުރާ މީހުން ލޭމައްޗަށް ދިއުމާ ދުރުވާނެއެވެ. ސޯޑިއަމް މަދުކުރުމާއި، ހިތުގެ ދުޅަހެޔޮކަން އިތުރުކުރުވަނިވި ފިޔަވަޅުތައް އެޅުމުގެ އިތުރުން ޕޮޓޭސިއަމް ގިނައިން ހުން ބާވަތުގެ އެއްޗެތި ކަމުގައިވާ ދޮންކެޔޮ، އޮރެންޖު އަދި ކެންޓެލޯޕް ކެއުން ގިނަ ކުރާށެވެ.

  • ކަސްރަތުގެ ފައިދާ

    ތިބާ ހުންނަނީ ވަރުބަލިވެފައި ހެއްޔެވެ؟ ޖޯރަށް ބޭނުންވެފައި ހެއްޔެވެ؟ ވަރުބަލިވެފައި ހުންނައިރު ކުރާން އެންމެ ބޭނުންނުވާނެކަން ކަމުގައި ވީނަމަވެސް ވަރުބަލިވުމުން ކަސްރަތުކޮށްލާށެވެ. ހިނގާލުމުންވެސް ފުދެއެވެ. ނިދާލުމާއި، ކޮފީތައްޓެއް ބޯލުމަށްވުރެން ވަރުބަލިފިލާ ހަށިގަނޑު އާރޯވާނެއެވެ.

Copyright © 2013 Ministry of Health, Republic of Maldives. All rights reserved.