މިނިސްޓްރީ އޮފް ހެލްތް ގެ ޚަބަރުތައް

"ކެންސަރ ދުވަސް" ފާހަގަކުރުމަށް ބޭއްވި ސްޕޯޓްސް ފެސްޓިވަލްގައި މިނިސްޓަރ ބައިވެރިވެ ވަޑައިގެންފި

04 ފެބްރުއަރީ 2017

ކެންސަރ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ސްޕޯޓްސް ފެސްޓިވަލް އެއް ބާއްވައިފިއެވެ.
ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ބޭންކް އޮފް މޯލްޑިވްސްއާއި ގުޅިގެން ހެންވޭރު ދަނޑުގައި ހޮނިހިރު ދުވަހު ބޭއްވި މި ސްޕޯޓްސް ފެސްޓިވަލް ފައްޓަވައިދެއްވީ، ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޘިމް އިބްރާހިމް އަދި ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް އެވެ.
"ވީކޭން އައިކޭން ސަޕޯޓް ތުރޫ ސްޕޯރޓް" ޝިއާރުގެ ދަށުން ޢާއްމުންނަށް ހުޅުވާލައިގެން ބޭއްވި މިފެސްޓިވަލްގައި ތަފާތު ކުޅިވަރު ހަރާކާތްތައް ވަނީ ބާއްވާފައެވެ.
އޭގެ ތެރޭގައި ފުޓްބޯލް ، ހޭންޑް ބޯލް، ކްރިކެޓް، ޓޭބަލްޓެނިސް، ބެޑްމިންޓަން އަދި ބާސްކެޓް، ފަދަ ކުޅިވަރުތައް ހިމެނެއެވެ.
ކެންސަރ ސޮސައިޓީން ވިދާޅުވީ، މި ފެސްޓިވަލްގެ ބޭނުމަކީ ކެންސަރު ފަދަ ބަލިތަކުން ސަލާމާތްވުމަށް ދުޅަހެޔޮ ޞިއްޙީ އާދަތަކަށް ޢާންމުން ހޭލުންތެރިކޮށް ޝައުގުވެރިކުރުވުން ކަމަށެވެ.
މީގެއިތުރުން ސްޕޯޓްސް ފެސްޓިވަލްގައި ބައިވެރިވި ހުރިހާ ބައިވެރިން ދުވަހާއި ގުޅިގެން ޚާއްސަ ޓީޝާޓެއް ވަނީ ބޭނުން ކުރައްވާފައެވެ.
ކެންސަރ ސޮސައިޓީން ވިދާޅުވީ، ޓީޝާޓް ގަތުމަށް ދިޔަ ޚަރަދު ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ކެންސަރަށް ސްކްރީން ކުރުމާއި، ބައްޔާ ގުޅިގެން ހޭލުންތެރިކުރުމަށް ހިންގާ އެކި ޙަރަކާތްތަކަށް ޚަރަދުކުރުމަށް ކަމަށެވެ.

ސިއްހީ މަޢުލޫމާތު

 • ގްރީން ޓީ

  ގްރީންޓީ ހޫނުކޮށް ނުވަތަ ފިނިކޮށް ބުޔަސް ކަސްރަތަށް ހަލުވިކަމާއި އާރޯކަން ގެނެސްދޭނެއެވެ. އޭގައި ހުންނަ ކެޓެޗިންސް އާއި، އެންޓިއޮކްސިޑަންޓްސްއާއި ކެފެއިން ހަށިގަނޑުގައި ހޫނު އުފައްދާ، ހިނގުމާއި، މެޓަބޮލިޒަމް ރޭޓު އަވަސްކޮށްދެއެވެ. ކަސްރަތުގެ 01 މިނެޓު ކުރިން ގްރީންޓީ ތައްޓެއް ބޯލާށެވެ.

 • ކްރެންބެރީ ޖޫސް

  ކްރޭންބެރީއަކީ ކުޑަކަމުދާ ހޮޅީގައި ޖަރާސީމު އަށެގަނަ ނުދޭ މާއްދާއެއް ހުންނަ އެއްޗެކެވެ. އެހެންކަމުން ކްރޭންބެރީއަކީ ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަންތަކުން (ބަލިތަކުން) ސަލާމަތްކޮށްދިނުމަށް އެހީވެދޭ އެއްޗެކެވެ. ކްރޭންބެރީ ކޮކްޓެއިލްގައި ހަކުރުގެ މިންވަރު ހުންނަލެއް ގިނަކަމާއެކު، ކްރޭންބެރީ ޖޫހަށް ފެން އަޅައިގެން ނުވަތަ އޭގައި ހަކުރު ނުހުންނަ ވައްތަރުތައް ބަލައިގެން ބޭނުންކުރާށެވެ. ކްރޭންބެރީ ތާސީރު ހުންނަ ކެޕްސޫލުވެސް ރަނގަޅުވާނެއެވެ.

 • ފިޔާ، ލޮނުމެދު

  ދުވަހުގެ ކޮއްތުގެ ތެރެއަށް ރޯކޮށް ނުވަތަ ކުޑަކޮށް ކައްކާފައި ހުންނަ ފިޔަޔާއި، ލޮނުމެދު ލުމަކީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ވާގިވެރިވާނެކަމެކެވެ. ލޮނުމެދާއި، ފިޔާގައި އެންޓި ވައިރަލް އަދި ބެކްޓީރިއަލް މާއްދާތައް އެކުލެވޭކަމުން، ހަށިގަނޑުގެ ދިފާޢީ ނިޒާމު އެތަކެތިން ވަރުގަދަކޮށްދެއެވެ.

 • ދޮންކޭލާއި މޭވާ

  ކެއުމުގައި ޕޮޓޭސިއަމްގެ މާއްދާގައި ގިނައިން އެކުލެވޭ ކާނާ ބޭނުންކުރާ މީހުން ލޭމައްޗަށް ދިއުމާ ދުރުވާނެއެވެ. ސޯޑިއަމް މަދުކުރުމާއި، ހިތުގެ ދުޅަހެޔޮކަން އިތުރުކުރުވަނިވި ފިޔަވަޅުތައް އެޅުމުގެ އިތުރުން ޕޮޓޭސިއަމް ގިނައިން ހުން ބާވަތުގެ އެއްޗެތި ކަމުގައިވާ ދޮންކެޔޮ، އޮރެންޖު އަދި ކެންޓެލޯޕް ކެއުން ގިނަ ކުރާށެވެ.

 • ކަސްރަތުގެ ފައިދާ

  ތިބާ ހުންނަނީ ވަރުބަލިވެފައި ހެއްޔެވެ؟ ޖޯރަށް ބޭނުންވެފައި ހެއްޔެވެ؟ ވަރުބަލިވެފައި ހުންނައިރު ކުރާން އެންމެ ބޭނުންނުވާނެކަން ކަމުގައި ވީނަމަވެސް ވަރުބަލިވުމުން ކަސްރަތުކޮށްލާށެވެ. ހިނގާލުމުންވެސް ފުދެއެވެ. ނިދާލުމާއި، ކޮފީތައްޓެއް ބޯލުމަށްވުރެން ވަރުބަލިފިލާ ހަށިގަނޑު އާރޯވާނެއެވެ.

ހިޔާލު ހުށަހެޅުއްވުމަށް


Top of Page | Home | Ministry | News | Statistics | Gallery | Contact Us | Specialists & Health Facilities | Site Map

Copyright © 2017 Ministry of Health, Republic of Maldives. All rights reserved. Website Security Test