މިއަދުން ފެށިގެން H1N1 އެލާރޓް ލެވެލް 6 އަށް ބަދަލު ކޮށްފި
މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެންފެށި އިންފްލުއެންޒާ އޭ- H1N1 (ސްވައިން ފްލޫ) އިންސާނުންގެ މެދުގައި ގައިންގަޔަށް އަރާ ބައްޔެއްގެ ގޮތުގައި ފެތުރޭ އިންފްލުއެންޒާ ޕެންޑަމިކަކަށް ބަދަލުވެ، ރާއްޖޭގައި މި ޕެންޑަމިކް ލެވެލް 4 ގައި އޮތުމަށްފަހު މިއަދުން ފެށިގެން ލެވެލް 6 އަށް ބަދަލުކުރެއްވުމަށް ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަނުން ނިންމަވައިފިއެވެ.

އެލަރޓް ލެވެލް 6 ށް ގެނައުމަށް އެ ސެންޓަރުން ނިންމެވީ ސްވައިން ފްލޫގެ ކަންތައްތައް ބެއްލެވުމަށް ސަރުކާރުން އެކުލަވާލައްވާފައިވާ ހެލްތް ކޮމިޓީން ބޭއްވެވި މަޝްވަރާތަކަކަށްފަހުގައެވެ. ރާއްޖޭގައި ސްވައިން ފްލޫ ޕެންޑަމިކް ލެވެލް 6 އަށް ބަދަލުކުރެވުނީ، މިބަލި ރާއްޖޭގައި ފެތުރޭ މިންވަރު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވި، އަދި ބަލި އިތުރަށް ފެތުރެމުން ނުދާ ކަމަށް އެޕިޑެމިއޮލޮޖިކަލް ތަފާސްހިސާބުތަކުން ދައްކާތާ 1 މަސް ދުވަހުގެ މުއްދަތަށް ބެލުމަށްފަހު، ބައިނަލް އަގްވާމީ ގޮތުން މިބަލީގެ ލެވެލްތައް ކަނޑައެޅުމަށް އެކުލަވާލެވިފައިވާ ޓެކްނިކަލް މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި މިއަހަރުގެ ދިރާސީ އަހަރު ފެށުމާ ގުޅިގެން ސްކޫލް ކުދިންގެ މެދުގައި މި ބަލި އިތުރަށް ފެތުރިގެން ހިނގައިދާނެ ކަމަށްޓަކައި، ޓެކްނިކަލްގޮތުން ބަލަންޖެހޭ މުއްދަތުގެ ތެރޭގައި، ކުރިން ހީކުރެވިފައިވާ ގޮތަށް މިބަލި ފެތުރިގެން ގޮސްފައި ނުވާތީއެވެ.

ޕެންޑަމިކްގެ އެންމެ ނުރައްކާތެރި ލެވެލްކަމުގައިވާ ލެވެލް 5 ށް ނުގޮސް މި ރޯގާ ކޮންޓްރޯލް ކުރެވުނީ، ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންގެ މިންނެތް މަސައްކަތުންނާއި، ސަރުކާރުން މި ރޯގާ ފެތުރުނަ ނުދިނުމަށް ދެއްވި ޚާއްޞަ ސަމާލުކަމުންނާއި، ކަމާބެހޭ ހުރިހާ ސެކްޓަރތަކަކުންވެސް ދެއްވި އެއްބާރުލުމުންނާއި، އަދި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވުމުން ކަމުގައި މި މިނިސްޓްރީން ދެކެމެވެ. އެހެންކަމުން މި މިނިސްޓްރިއަށް އެއްބާރުލުން ދެއްވައިގެން މަސައްކަތްކުރެއްވި ހުރިހާ ފަރާތްތަކަށް މި ފުރުސަތުގައި ޝުކުރުއަދާކުރަމެވެ.
މިބަލި ލެވެލް 6 ށް ބަދަލުކުރެވުމާ ގުޅިގެން، ސްވައިން ފްލޫއަށް ފަރުވާ ކުރުމަށް ގާއިމުކުރެވިފައިވާ ފްލޫ ކްލިނިކް މާދަމާއިން ފެށިގެން ބަންދުކުރެވޭނެއެވެ. ނަމަވެސް މިބައްޔާ ގުޅިގެން ކުރަންޖެހޭ ސަރވެއިލަންސް ހުރިހާ މަސައްކަތްތަކެއް ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތް ޑިޒީޒް ކޮންޓްރޯލް އިން ކުރައްވަމުން ގެންދަވާނެއެވެ. މިގޮތުން ބަލީގެ ހާލަތު ބަދަލުވެގެންދާ ގޮތަށް ބެލުމަށްފަހު، ޕެންޑަމިކް ލެވެލް ބަދަލު ކުރަން ޖެހިއްޖެ ހާލަތެއްގައި ބަދަލުކުރެވި، އަދި އެ ހާލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް މިބައްޔަށް ޝައްކުވާފަދަ ޢަލާމާތްތައް ފެންނަ މީހުން ސްކްރީން ކުރުމާއި ފަރުވާ ކުރުމުގެ ކަންތައް ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގެ ޞިއްޙީ ފަރުވާދޭ ހުރިހާ ތަނަކުން ކުރަމުން ގެންދާނެއެވެ.

ޕެންޑަމިކް ލެވެލް 6 ށް ބަދަލުކުރެވުމުން އާންމުން ގިނަ އަދަދަކަށް އެއްވެއުޅޭ ތަންތަނަށް ނުދިއުމަށް މީގެ ކުރިން ހެލްތް މިނިސްޓްރީން އިލްތިމާސް ކޮށްފައި އޮތް އޮތުން މިއަދުން ފެށިގެން ވަނީ ދޫކޮށްލައްވާފައެވެ. ނަމަވެސް މިބަލި ފެތުރޭ ޕެންޑަމިކް ލެވެލް 6 ށް ބަދަލުކުރެވުނު ކަމުގައި ވިޔަސް، ބަލި ޖެހުމުން ރައްކާތެރިވުމަށްޓަކައި، ކެއްސާ ކިނބިހި އެޅުމުގައި އަނގަޔާއި ނޭފަތް ނިވާކުރުމާއި، ގިނަގިނައިން އަތްދޮވުން ފަދަ ސިއްޙީ ރަނގަޅު އާދަތަކަށް ސަމާލުކަން ދެއްވުމަށް އަދިވެސް މިމިނިސްޓްރީން އިލްތިމާސްކުރަމެވެ.

21 ޖެނުއަރީ 2010
DHIVEHI SECTION
ސަދަން ހެލްތް ސާރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑުތައް
ސަދަން ހެލްތް ސާރވިސަސް ކޮމިޝަންގެ މުއައްޒަފުންނާ ބެހޭ ޤަވާއިދު
ސަދަން ހެލްތް ކޯޕަރޭޝަން (އިޢުލާން)
ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ( 01 މެއި 2010)
އިޢުލާން
ސިވިލް ސަރވިސް ކޮމިޝަންގެ އިސްލާހު ކުރެވުނު ގަވާއިދު 2010
ގަވާއިދުގެ ޖަދުވަލުތައް
ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، ޞިއްޚީ ޚިދުމަތުގެ އިޝްތިހާރު ފާސްކުރުމަށް އެދޭ ފޯމް
ޞިއްޙީ ޚިދުމަތް ކޯޕަރޭޓް އުސޫލުން ހިންގުމުގެ ސިޔާސަތު
ޓެލެމެޑިސިން ޕްރޮޖެކްޓަށް ޔޫ.އޭ.އީ ގެ ޚަލީފާ ފައުންޑޭޝަނުން 5.8 މިލިއަން ޑޮލަރުގެ އެހީއެއް ދެއްވަން ނިންމަވައިފި
އެޗް 1 އެން 1 ވެކްސިންއިން ފައިދާ ކުރާ މިންވަރާއި ސައިޑް އިފެކްޓްސް
އެޗް 1 އެން 1 ވެކްސިން ދޭން ފެށުން
މިއަދުން ފެށިގެން H1N1 އެލާރޓް ލެވެލް 6 އަށް ބަދަލު ކޮށްފި
އެޗް1 އެން1 ގެ 9، 10 އަދި 11 ވަނަ މީހުން
ސްވައިން ފްލޫއަށް ޝައްކުކުރެވޭ ފަދަ އަލާމާތްތަކެއް ހުރެގެން ޓެސްޓުކުރެވުނު މީހުންގެ ތެރެއިން އިތުރު 4 މީހަކު އިންފްލުއެންޒާ -އޭ އަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗް 1 އެން 1 ގެ އަލާމާތްތަކާ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް
ސިވިލް ސާރވިސް ކަމިޝަންގެ ސާރކިއުލަރ ނަމްބަރު 10
ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ދަރަޖަތަކާއި މަޤާމްތައް
އޮކްޓޯބަރ 9 ވަނަ ދުވަހު އިންފްލުއެންޒާ-އޭ އަށް ޕޮޒިޓިވްވި ދިވެހި އަންހެންމީހާއަށް ސްވައިން ފްލޫ ޖެހިފައިވާކަން ކަށަވަރުވެއްޖެ.
Other Links
Indhira Ghandhi Memorial Hospital (IGMH)
ADK Hospital
World Health Organisation
Maldives Red Crescent Society
Fit and Fun
Downloads
Awareness materials
Dhivehi fonts
HIV AIDS related documents
Galleries
Video spots
Recent photo galleries
Others
Ministry's Mandate
Organizational Structure
Laws and Regulations
Policies and Plans